ހިޔާ ފްލެޓުތަކަށް ކަރަންޓު ދޭން ތައްޔާރުވެއްޖެ
އަލީ ރާޒީ
30 ޖެނުއަރީ 2021 - 22:38
0 comments
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ސްޓެލްކޯ އިން ތައްޔާރުވެއްޖެއެވެ.
އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 7،000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.އެ އިންސްޕެކްޝަންތަކަށް ފަހު، ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ކަރަންޓު ފޯރުކޮށްދީ ނިންމައިލެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.ހިޔާ މަޝްރޫއުގެ ދަށޫން ޖުމްލަ 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތް ކޮށްފައެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާ ގޮތުގައި އެ ފްލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ މަސައްކަތް ނިންމާ މާޗު މަހުގެ ތެރޭގައި ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާނެއެވެ.ހިޔާ މަޝްރޫއު އަކީ 430 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާ މަޝްރޫއުއެކެވެ.ހިޔާ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ޝުއޫރު