ޚަބަރު
13 ރަށެއްގައި 2،100 އަގުހެޔޮ ފްލެޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްގީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ. 

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން އެ 13 ރަށުގައި ޖުމްލަ 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތުދީ، އެ ފުރުސަތު ހުޅުވާލީ އަންނަ މަހު 17ގެ މެންދުރުފަހު 1ގެ ނިޔަލަށެވެ.

މި މަޝްރޫއުގެ ދަށުން އަޅަން ޖެހެނީ، ތިރީގައި ޕާކްކުރެވޭނެ ޖާގަ އާއި ވިޔަފާރިކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:

- ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް
- ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް
- ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް
- ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
- މ. މުލި: 100 ހައުސިން ޔުނިޓް
- ދ. މީދޫ: 100 ހައުސިން ޔުނިޓް
- ލ. ގަން: 200 ހައުސިން ޔުނިޓް
- ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް
- ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު