ވިޔަފާރި
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް އަޅަނީ
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ބިން ހަމަޖައްސައި އިއްޔެ އައިލެންޑް އޭވިއޭޝަންއާ އެތަން ހަވާލުކޮށްފަ އެވެ. 

އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. 

މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންް ޔުނިޓުތައް ތަރައްގީ ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެ ދެކުންފުނިންވެސް ހާމަކޮށްފައެއް ނުވެއެވެ.

އައިލޭންޑް އެވިއޭޝަނުން ވިދާޅުވީ، މިމަސައްކަތުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު