ޚަބަރު
ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފަށަނީ
މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫއުތައް އިއުލާން ކުރެވޭނެ ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެ މޮޑެލްއަކަށް ވިސްނަމުންދެއެވެ. އެއީ އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި، އަމިއްލަ ގޯތިތަކުގައި ގެދޮރު އެޅުމަށް ބޭނުންވާ ފައިނޭންސް މާލީ އިދާރާތައް މެދުވެރިކޮށް ހޯދައިދިނުމެވެ. "މިއީ ރަށްރަށަށް އަމާޒުކޮށްގެން މިހާރުވެސް ހިނގަމުންދާ އަދި ރޭވިފައި ހުރި މަޝްރޫއުތަކެއް. އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް ފެށޭނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއާއެކު ރައީސް ވައުދުވެވަޑައިގަންނަވާފައިވާ ފަދައިން މިދައުރުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. ސަރުކާރުން ރަށްރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް މަސައްކަތްކުރާ ސަރައްހައްދުގައި އާއިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

ރަށްރަށުގައި ބޯހިޔާވަކިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާހުކުރުމަށް ނިންމާފައިވާއިރު، ނިމިދިޔަ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ ޝަކުވާތައް މީގެ ކުރިން ކޮށްފައި ވެއެވެ.

އަދި ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް، މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް, ޑރ. އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު