
މިއަދު މަޖިލީހުގައި، ލ.މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ ލ.ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާ، ނިމޭނެ ދުވަހެއް ސާފުކުރުމަށް ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވަނީ، އެ މަސައްކަތުގެ ޓައިމްލައިން ތަފްސީލް ކޮށްދެއްވާފަ އެވެ.މުއްތަލިބް ވިދާޅުވި ގޮތުގައި ސާވޭގެ މަސައްކަތް ނިންމާ ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑިޒައިންތައް އެޕްރޫވްކޮށް އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.