ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމާ ގުޅިގެން، ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށްޓަކައި މިއަދު ހެނދުނު ގަތަރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު އަވަހާރަވީ އިއްޔެ އެވެ. 

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލްތާނީ އަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވައި އިހުތިރާމު އަދާކުރައްވާނެ ކަމަށެވެ.

ގަތަރުގެ ކުރީގެ އަމީރުގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު، އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް އިތުރު ގައުމުތަކުގެ އިސްވެރިން ވެސް ގަތަރަށް ވަޑައިގަންނަވާނެ އެވެ.

އުމުރުފުޅުން 74 އަހަރުގައި އަވަހާރަވި ޝައިޚް ޙަމަދުގެ ޖަނާޒާގެ ކަންކަމުގައާއި ޝާހީ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި އިއްޒަތްތެރިން ވެސް މިހާރު ދަނީ ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަންނަވަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު