ޚަބަރު
ޕީއެންސީގެ އިންތިހާބުގެ ތެރެއިން ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި
ޕީއެންސީގެ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވާ މަރުކަޒުގައި މާރާމާރީ ހިންގަނީ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް، ގްރޫޕަކުން އެތަނަށް ވަދެ، މާރާމާރީ ހިންގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއާއެކު، މިދިޔަ ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.

އެ މައްސަލައިގައި ކުރިން ވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދީ، އެ ތަނުގައި ހުރި ގޮނޑި ފަދަ ތަކެތި އުކާ ހަދާފައިވެ އެވެ. 


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު