ޚަބަރު
މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ހިންގާތީ ޖޫރިމަނާކޮށްފި
މާލޭގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރި ބަޔަކު ޖޫރިމަނާ ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކުރީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓު ކިޔާ ފިހާރައެއްގެ ބޭރުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުން ގެންދިއުމުންނެވެ.

ކައުންސިލުން ބުނީ އެގޮތަށް މުދާ ނުވިއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށާއި ނަމަވެސް އެމަށް އެ ފިހާރައިން އިޖާބަ ނުދިނީ ކަމަށެވެ.

ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. 

މާލޭގެ މަގުތަކާއި ޕޭވްމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމަކަށް ވިޔަސް އެއީ އާންމު ކަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު