ޚަބަރު
ކަޅުތެޔޮ ވަންނާތީ ރަސްފަންނު ބަންދުކޮށްފި
މަރާމާތަށްފަހު ހުކުރު ދުވަހުގެ ހެނދުނު އާންމުންނަށް ހުޅުވާލި މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ ވަދެފައިވާތީ، އެ ސަރަހައްދު އަނެއްކާވެސް ވަގުތީގޮތުން ބަންދުކޮށްފި އެވެ.

މި ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަރާމާތަށްފަހު ރަސްފަންނު ހުޅުވައިލީ މިދިޔަ ހުކުރު ދުވަހު އެވެ.

ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ. އަދި އެ ސަރަހައްދު ގިރައިގެން ގޮސް، އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް މީގެ ކުރިން ލިބިފައިވެއެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު