ޚަބަރު
މާލޭގެ މޭޔަރުކަމަށް އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި
އަލީ އާޒިމްގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި އެވެ.

"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ގައުމީ މަޖިލީހަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އާއްމުން ބައިވެރިވި އެވެ.

އެ ޖަލްސާގައި އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ ސަރުކާރު ޒިންމާދާރު ކުރަން ކަމަށެވެ. އަދި އެމްޑީޕީގެ ތާއީދާއި އެއްބާރުލުމާއެކު ފަސޭހަ ކަމާއެކު އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން ނިކުމެ އަމިއްލަ އަށް ވޯޓުލައިގެން އެކުލަވާލި ފުރަތަމަ ސަރުކާރު 2012 ފެބްރުއަރީ 7 ގައި ވައްޓާލުމަށްފަހު ރާޢްޖެ މިވަނީ ނުބައި ދިމާލަކަށް މިސްރާބު ޖަހާފައި ކަމަށާއި ރާޢްޖެ މިވަނީ ފަލުން ނެއްޓި ހަަމއިން ނެއްޓިފައި ކަމަށް އާޒިމް ވިދާޅުވި އެވެ

"އަޅުގަނޑުމެންނަކީ ފަގީރު ގައުމެއް ނޫން، ފރާޢްޖޭގެ މި ސަރަހައްދަށް ބެލިޔަސް އެންމެ މުއްސަނދި އެއް ގައުމު. އެހެންނަމަވެސް އަޅުގަނޑުމެން ރައްޔިތުން އުޅޭ ހާލު މާޅެ އަށް ބަލައިލިއަސް ކޮންމެ ރައްޔިތަކުވެސް އުޅޭނީ ދަތި ހާލުގަ، މިީ ކަންކަމާ އިސްކޮށް ހަވާލުވާ ފަރާތް ތަކުގެ ފަރުވާ ކުޑަކަމު ވަ ކަންކަން" އާޒިމް ރޭ ވިދާޅުވި އެވެ.

އަލީ އާޒިމް ވިދާޅުވީ މާލެ މީހުންނަށް ހައްގު މިންވަރަކީ ކާނު ސާފު ކުރުމާއި ގަހެއް އިންދުމާއި މަހާނަގާތައް ނަގައި އެއްލާލުން ކަމަށް ބުނާތީ އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި އެއީ މާލެ މީހުންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި އެ މީހުންނަށް ހައްގު މިންވަރު އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަލީ އަޒިމްގެ އިތުރުން މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ މިހާރު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު