ޚަބަރު
ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް އަލުން ހުޅުވައިފި
ދިހަ އަހަރަށް ފަހު، ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް، އާންމުންނަށް ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ޕާކު އަލުން ހުޅުވީ ތުރީ-އޮން-ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި ބެޑްމިންޓަން ކޯޓަކާއި އައުޓްޑޯ ޖިމަކާއި ކުޑަކުދިން ކުޅޭނެ ޖާގައަކާއި މީހުންގެ ގޮސް އެ ޕާކުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގަތަކާ އެކުގައި ކަމަށެވެ. 

އެ ޕާކު އަލުން ހުޅުވުމާ ގުޅިގެން މާލޭ މޭޔަރު އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 10 އަހަރު ވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިންކޮށް، ވަރަށް ފުރިހަމައަށް ހަދައި އަލުން ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

މޭޔަރު އާޒިމް ވިދާޅުވީ، މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް މިންވަރަކުން ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން ކަަމަށެވެ.

އެގޮތުން، މި ޕާކު ބޭނުންކުރާ ހުރިހާ އެންމެން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދިނުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު