ޚަބަރު
މާލޭ ގެތަކުގެ ނަން ބޯޑު ހަރުކޮށްފައި ބެހެއްޓުމަށް އަންގައިފި
މާލޭގެ ގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނީ، މާލެ އާއި ވިލިމާލޭގެ ގެތަކަށް އެތަނުން ރަސްމީ ކަންކަމުގައި ޒިޔާރަތްކުރާއިރު، ކުރިން ފެންނަ ގޮތަށް ގޭގޭގެ ނަންބޯޑު މިހާރު ފެންނަން ނުހުންނަ ކަމަށެވެ.

އަދި އޭގެ ސަބަބުން، ކައުންސިލުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް ބުންޏެވެ.

އެހެންވެ، ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތް ކުރާއިރު، ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އިއުލާނުގައި ބުންޏެވެ.

އެކަން ހައްލު ކުރުމަށް ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބަހައްޓަން ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު