ދީން
އެންމެ ނުރައްކާތެރި ފިތުނަ އަކީ ދީނީ ފިތުނަ: ހުތުބާ
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲ ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެވޭ ފިތުނައެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

"ފިތުނައިން ރައްކާތެރިވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ދުނިޔެއަކީ އަޖުމަ ބެލުމުގެ މަންޒިރެއް ކަމަށާއި އިމްތިހާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުވާނެ ކަމަށެވެ. އަދި ފިތުނައިން ރައްކާތެރިވުމަށް ރަސޫލާ އަންގަވާފައިވާ ކަމަށް ވެސް ޚުތުބާ ބުންޏެވެ.

ހުތުބާގައި ބުނީ ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅިގެންދާ ކަމަށެވެ. އަދި ފިތުނައިގެ ސަބަބުން ކިތައް މީހުން ހައްގުން އެއްކިބާވެ، ހަލާކުވެ ގޮސްފައިވޭތޯ ސުވާލުކުރުމުން ހުތުބާގައި ވަނީ ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިތާނީ އަމަލެއް ކަމަށް ބުނެފަ އެވެ.

"ގައުމެއްގައި، ސައްހަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ އެ ގައުމެއް ކުރިއަރާނެ އެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެ އެވެ. އެކަމަކު ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑު ކަމުގައިވާ ދީނުގެ މެދުމިން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ކަނޑަކަށް ޣަރަގުވެދާނެ އެވެ." މިއަދުގެ ހުކުރު ނަމާދުގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ޚުތުބާގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް، ހަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ހަބަރުގެ ދޮގުތެދު ބެލުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ ފިތުނަ އަކީ ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގުފަހި ކުރުވާ ޝައިތާނީ އަމަލެއް ކަމަށެވެ. ހަޤީޤަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މީހުން ރުޅި އަރުވާ ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެއް ކަމަށާއި ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް ޚަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅިއަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ،" ދޮގު ވާހަކަ ފެތުރުން ހުއްޓުވުމުގައި މީޑިއާގެ ދައުރު ފާހަގަކޮށް ޚުތުބާގައި ބުނެފައިވެ އެވެ. 

ފިތުނައިން ސަލާމަތްވެވޭނީ ހަމަ ބުއްދި ބޭނުންކޮށް ރަނގަޅު ގޮތް ދެނެގަނެގެން އެއަށް ތަބާވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ގައުމެއްގައި، ސައްޚަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެނަމަ އެގައުމެއް ކުރިއަރައިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ބަޔަކާއި ފިތުނަޔެއް ކުރިމަތިވެއްޖެނަމަ އެކަމެއް ވެގެންދާނީ ވަކި މީހަކު އިސްތިސްނާނުވެ އެންމެން އޮޔާދާ ސުނާމީއެއްގެ ގޮތުގައި ވެސް ޚުތުބާގައި ވަނީ ސިފަކޮށްފައެވެ. 

"ހަމަ ކަށަވަރުން، ބާއްޖަވެރިޔަކީ ފިތުނަޔާ ދުރުހެލިކުރެވުނު މީހާ" ކަމަށް އޮތް ހަދީސަކަށް ފަހު ޚުތުބާ ނިންމާލީ ހިތް އުފާކުރުމާއި ޖިސްމާނީ ދުޅަހެޔޮކަމަށް ވަކި ހުދޫދެއްގެ ތެރެއިން ކުޅިވަރު ހުއްދަކަން ހަނދާންކޮށްދިނުމާ އެކު، ކުޅިވަރާއި މަޖަލުގައި ޣާފިލުވެ، ﷲ ވާޖިބުކުރެއްވި ކަންކަމުގެ މަތިން ހަނދާނައްތާނުލަން އެދެމުންނެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނަޅައި ދިއުން ހުއްދަ ނޫން ކަމަށާއި ޝައިތާނާ އަބަދުވެސް ބޭނުންވަނީ ކުޅިވަރާއި މަޖަލުގައި މީހުން މަޝްއޫލުކޮށް ﷲ ހަނދުމަކުރުމާ ދުރުހެލިކުރަންކަން އިތުރަށް ހަނދާންކޮށްދިނެވެ. 

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު