ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
އަހުމަދު ނަޖީބު
19 މާޗް 2026 - 00:48
0 comments
ތޮއިބާ މިސްކިތް ކައިރި ހިނގި އަލިފާނުގެ ހާދިސާ - ފޮޓޯ: ސަން
މާފަންނުގައި ހުރި ގުދަނުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގަ އެވެ. މިއީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ތަނެކެވެ. އަދި ތައިބާ މިސްކިތް ގާތު ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރިކަޒުގެ ކައިރީގައި ހުރި ގުދަނެއްގައެވެ. މި ޙާދިސާ ހިނގި ސަރަހައްދުގައި ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ގުދަނުގައި ވަރަށް ބޮޑަށް ރޯވެ، އަނދާފައިވާއިރު، ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި އެމްއޭސީއެލްގެ ފަޔަ ލޮރީ ވެސް އެ ތަނުގައި ހަރަކާތްތެރިވެ އެވެ.ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވިޔަސް، އަދިވެސް ގުދަނުގެ ތެރޭގައި އަލިފާން އެބަހުއްޓެވެ. އެހެންވެ، ފަޔާ އެންޑް ރެސްކިއުގެ ފަޔަފައިޓަރުން އަދިވެސް ދަނީ ގުދަނުގެ ތެރެއަށް ފެން ޖަހަމުންނެވެ.މުޅި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން ފެތުރިފަ އެވެ.ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށް، ހާލު ދެރަވި އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު