މެލޭޝިއާ ސަފީރު ކަމަށް ވިސާމް އައްޔަންކޮށްފި
މަރިޔަމް އަނާ
26 މާޗް 2019 - 15:21
0 comments
މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ހ. އާޒާދެވާދީ، ވިސާމް އަލީ އައްޔަން ކުރައްވައިފި އެވެ.
ވިސާމް އަލީއަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މެލޭޝިއާގެ ސަފީރުކަމަށް ވިސާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރުގައި ވަނީ ރުހުން ދެއްވައިފައެވެ.
ގިނަ ދުވަސްތަކެއް ވަންދެއް މެލޭޝިއާގައި ދިރިއުޅުއްވާފައިވާ ވިސާމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ކުރީން ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. އޭނާއަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ގެ އަނބިކަނބަލުންނެވެ. ވިސާމް މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު