
ޖޯ ބައިޑެންގެ އޮފީހުގެ ފަރާތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ މި ކެންސަރު ބައިޑެންގެ ކަށިތަކަށް މިހާރު ފެތުރިފައިވާ ކަމަށާއި މިކަން އެނގުނީ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުން ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފަޔާއެކު ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމަށް ބައިޑެން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ރިޔާސީ އިންތިހާބުގެ ކުރިންނާއި ފަހުން ވެސް، ބައިޑެންގެ އުމުރާއި ސިއްހަތު އޭނާގެ ހަނދާން ބަލިކަމާ ގުޅުވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބައިޑެންގެ މި އާލާސްކަންފުޅުގެ ހަބަރާ އެކު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ވެރިކަމާއި ޖޯ ބައިޑެން ހަވާލުވީ 2020 ވަނަ އަހަރުގަ އެވެ. ވެރިކަމާއި ހަވާލުވުމަށްފާހު ފަހުގައި ވެސް ބައިޑަން އެކި ބަލިތަކަށް ފަރުވާ ހޯދި ކަމަަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ މެދުގައި އެންމެ ގިނައިން ފެތުރެމުންދާ ކެންސަރުގެ ބާވަތްކަމަށް އެމެރިކަން ކެންސަ ސޮސައިޓީން ބުނެ އެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ކޮންމެ 100 ފިރިހެނުންގެ ތެރެއިން 13 ފިރިހެނުންނަށް އުމުރުގެ ކޮންމެ ވެސް ހިސާބަކުން ޕްރޮސްޓޭޓް ކެންސަރު ޖެހޭނެއެވެ. އަދި އުމުރަކީ އެ ބާވަތުގެ ކެންސަރު ޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް ސީޑީސީން ހާމަކުރެއެވެ.ވެރިކަމުން ނާކާމިޔާބު ލިބިވަޑައިގެންފަހުން، ބައިޑެން އާންމުންނަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ.ބައިޑަންގެ ދޮށީ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވެސް ވަނީ ސިކުނޑީގެ ކެންސަރު ޖެހިގެން 2015 ވަނަ އަހަރު ނިޔާވެފައެވެ.