ދުނިޔެ
ތައިވާނުގެ މިނިވަންކަމަކަށް ތާއީދެއް ނެތް: އެމެރިކާ
އެމެރިކާގެ ރައީސް ޖޯ ބައިޑެން

ޓައިވާން ޗައިނާއާއި ވަކިން މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ތާއީދު ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން އެ ގޮތަށް ވިދާޅުވެފައި ވަނީ ލާއި އިންތިހާބުވެވަޑައިގަތުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ލާއީއަށް މަރުޙަބާ ދަންނަވާފައިވަނިކޮށެވެ. އެމެރިކާއާއި ތައިވާނާއި ދެމެދު އޮތް ނުރަސްމީ ގުޅުން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ބްލިންކެން ވަނީ ވިދާޅުވެފައެވެ.

ޓައިވާންގެ ވެރިކަން ބަދަލުވުމަކުން ޗައިނާގެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށާއި ބެއިޖީންގެ ވިސްނުން އޮންނާނީ އެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ލައި ވިދާޅުވީ ޓައިވާނުން އަނެއްކާ ވެސް ދުނިޔެ އަށް ދައްކައި މިދިނީ އެ ރައްޔިތުން ޑިމޮކްރަސީ އާއި މިނިވަން ކަމަށް އަހަމިއްޔަތު ދޭ މިންވަރު ކަމަށެވެ.

ލައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައި ގަންނަވާނީ އަންނަ މެއި މަހު އެވެ.

ޓައިވާނައަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. ރާއްޖެއިން ޒަމާނުއްސުރެ އަންނަނީ ޗައިނާގެ "ވަން ޗައިނާ ޕޮލިސީ" އަށް ތާއީދުކޮށް ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބުނާ ބުނުމަށް ތާއީދުކުރަމުންނެވެ.

ތައިވާނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެމެރިކާގެ ތާއީދު ނެތް ކަމަށް ބައިޑެން ވިދާޅުވީ ތައިވާނާއެކު އެމެރިކާއިން ރަސްމީ ގުޅުން ގާއިމުކޮށްފައި ނުވާ ކަމަށާއި ތައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި އެމެރިކާއިން ބަލައިނުގަންނާނެކަން ޗައިނާއަށް ކަށަވަރުކޮށްދިނުމަށެވެ.

ގުޅުން ގޯސްވެފައިވާ ޗައިނާއާއި އެމެރިކާއާއިމެދު އޮތް ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކާމެދު މަޝްވަރާ ކުރުމަށް ނޮވެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބައިޑެން ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވެވަޑައިގަތެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު