ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މެލޭޝިޔާއާ ގުޅިގެން މަސައްކަތް ކުރަން މުހިންމު ދާއިރާތަކުން ފަސް އެއްބަސްވުމެއް
އަލީ ރާޒީ
28 އޭޕްރީލް 2025 - 10:59
0
comments
Tweet
Telegram
ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅު ގައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުންތައް
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް - ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ
ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމެއް - ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހުމަދު
ޓޫރިޒަމް ދާއިރާއާ ގުޅޭ އެއްބަސްވުމެއް - ސޮއިކުރެއްވީ ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ހައިރުލް ފިރުދައުސް އަކްބަރު ހާން
ޑިޕްލޮމެޓުން ތަމްރީނުކުރުމަށް - ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން
ބައިލެޓްރަލް ކޮންސަލްޓޭޝަން - ސޮއިކުރެއްވީ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން
އެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު ރައީސް ޑރ. މުއިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.
މި ބަޔާނުގައި ދެ ބޭފުޅުންވެސް ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާއި ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.
ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އެކަމުގައި ބޮޑު ވަޒީރު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ރައީސް ތައުރީފު ކުރެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ގަޑިއިރު ކުރިން
0
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
2 ދުވަސް ކުރިން
0
ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެން: ޝާހިދު
4 ދުވަސް ކުރިން
0
ހޮވާ މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ: ރައީސް
4 ދުވަސް ކުރިން
0
އާއިލާތައް ބަދަހިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުޅިވަރުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ތަސްދީގުކުރައްވައިފި
1 ގަޑިއިރު ކުރިން
0
ބްރޯޑްކޮމްގައި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ކަމަށް ބުނެ މުވައްޒަފުންގެ ޕެޓިޝަނެއް
2 ގަޑިއިރު ކުރިން
0
އެމެރިކާގެ ކުރީގެ ރައީސް ބައިޑެންއަށް ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހިއްޖެ
5 ގަޑިއިރު ކުރިން
0
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
14 ގަޑިއިރު ކުރިން
0