
ވާރޗުއަލްކޮށް ކުރިއަށްގެންދިޔަ މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައުއަށް މަންފާކުރުވަނިވި ބައެއްކަމުގައި ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.އިންޑިއާއިން ދިން 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރީ ހދ.ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލާއި ފުވައްމުލަކު ޙާފިޟް އަޙްމަދު ސްކޫލުގައި އެވެ.މިނިސްޓަރ ޝާހިދު ވިދާޅުވީ ދަރިވަރުންގެ ލޯބިކުރާ އަދި އަހުލުވެރި ތަަންތަނުގެ ގޮތުގައި ސްކޫލުތައް ފަރުމާކޮށް ބިނާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އެއީ ދަރިވަރުން ތަރުބިއްޔަތުކޮށް ބިނާކުރުމުގައި މިހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.