
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކޮށްފައިވާ ޓްވީތެއްގައި ބުނެފައިވަނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.