ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ބަލަނީ
އަލީ ރާޒީ
04 މެއި 2021 - 16:10
0 comments
ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ޝަކީލް އައްޔަން ކުރައްވަނީ. --- ފޮޓޯ: ޖޭއެސްސީ
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ، މީހެއްގެ ބަންދާއި މެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ގާޒީ ޝަކީލް އަމަލު ކުރި ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއްވެސް އެކުލަވާލާފައިވާ ކަަމަށް ޖޭއެސްސީން ވިދާޅުވިއެވެ.ގާޒީ ޝަކީލް ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖައްސަވާފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އަދި ޝަރީއާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އޭނާއަކީ ފަނޑިޔާރު ކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލްކޯޓާއި، ސިވިލްކޯޓު އަދި ފެމިލީ ކޯޓާއި ކްރިމިނަލްކޯޓު ހިމެނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު