ކޮވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
![](image/default_ads/article/ooredoo-1-7-25.jpg)
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ މަހުން ފެށިގެން ގޭބީސީތަކުގެ ފެން ބިލުން 30 ޕަސެންޓް ޑިސްކައުންޓް އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެންބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ގޭބިސީ ތަކުގެ ފެންބިލަށް 30 އިންސައްތަ ޑިސްކައުންޓެއް ކުރިއަށް އޮތް މަހަށް ދޭނެ ކަމަށާއި ކަރަންޓް ބިލަށް 40 އިންސައްތަ ޑިސްކައުންޓަކާއި ވިޔަފާރިތައް ކުރާ ފަރާތްތަކަށް ވެސް އެފަދަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ."ވިޔަފާރި ކުރާ ތަންތަނުން ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް މިވަނީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ، ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވަނީ މިހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.މީގެ އިތުރުން ވެސް މި ބައްދަލުވުމުގައި ރައީސް ވަނީ ދެން ދޭން ނިންމާފައިވާ އެހީތައް ހިއްސާ ކޮށްފައެވެ.