ޚަބަރު
މޫސުން ގޯސް: މެޓް
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ވައި މަޑުވެ މޫސުން ރަނގަޅު ވާން އަދި ދެތިން ދުވަސް ނަގާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދުގެ ހެނދުނު 8 އަކުން ފެށިގެން މެންދުރު 2 އަކާއި ހަމައަށް (ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް) މިއަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ.

މީގެއިތުރުން ކަނޑުތައް ގަދަވެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމަޔަށް ވައިޓް އެލާޓް މިއަދު ވަނީނެރެފައެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 10:00 އާ ހަމައަށް ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާޅުގެ އުސްމިން 4-8 ފޫޓާ ދެމެދުގައި އުޅޭތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން  މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު