
ޖަމްޢިއްޔާގެ ރައީސް އަޙުމަދު މާއިން މުޙައްމަދު "ހޯރަ" އަށް ވިދާޅުވީ މި ސާވޭގެ ބޭނުމަކީ ކުނި މެނޭޖް ކުރުމަށް ރަށުގައި މިވަގުތު ހުރި ދަތިތައް ދެނެގަތުން ކަމަށެވެ. 200 ގޭބިސީ އަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ މި ހަރަކާތާއި ގުޅޭގޮތުން މާއިން އިތުރަށް ވިދާޅުވީ، މިސާވޭ ނިމޭއިރު ކުނި ނައްތާލުމުގައި މިހާރަށް ވުރެ ތަކުލީފު ކުޑަ ގޮތް ދެނެގަނެވޭނެ ކަމަށާއި އަދި މި މަސައްކަތުގައި ފުޅާދާއިރާއެއްގައި ރައްޔިތުންގެ ބައިވެރިވުމާއި އެކު ބަދަލުކުރެވޭ ހިޔާލުތައް ހުލާސާ ކުރެވި ކަރުދާހަށް ތިލަ ކުރެވިގެން ދާނެ ކަމަށެވެ.މާއިން ވިދާޅުވީ ސާވޭގައި މައުލޫމާތު ހޯދުމަށް ތިން ގޮތެއް ގެންގުޅޭނެ ކަމަށާއި އެގޮތުން ޑޯޓުޑޯ، އޮންލައިން އަދި ހާއްސަކޮށް ރެންޑަމް ސާމްބަލް ތަކެއްގެ ތެރެއިން ވަކި ވަކި މީހުން އަދި މުއައްސަސާތަކުގެ ފަރާތުން ލިބޭ މައުލޫމާތުގެ އެއްކުރާނެ ކަމަށެވެ.2020 ވަނަ އަހަރުގެ ފަހުކޮޅު ވުޖޫދުވި ހަހެތި ޖަމްއިއްޔާ އިން މީގެ ކުރިން ވެސް ވަނީ ރަށުގެ މޫދާއި ގޮޑުދޮށް ސާފުކުރުމުގެ މަސައްކަތް 10 ވަރަކަށް ފަހަރު ކުރިއަށް ގެން ގޮސްފައެވެ. "....އަޅުގަނޑުމެންގެ މަޤްސަދަކީ، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެންޓް ޔޫތު އެމްޕަވަރމެންޓްގެ ހަރަކާތް ފުޅާކޮށް ކުރިއަށް ގެން ދިއުން" ޖަމްއިއްޔާ އުފެއްދި މަޤްސަދާ ގުޅޭ ގޮތުން ސުވާލުކުރުމުން މާއިން "ހޯރަ" އަށް ވިދާޅުވި އެވެ.މިއަދު ފަށާ މި ސާވޭ އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފި ނަމަ މުސްތަޤްބަލުގައި ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ރަނގަޅު ޕްލޭނެއްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ހަހެތި ޖަމްއިއްޔާ އިން ޤަބޫލުކުރެ އެވެ.ހަހެތި ސާވޭގައި އޮންލައިންކޮށް ބައިވެރިވުމަށް:https://docs.google.com/forms/d/e/1FAIpQLSeaeJ-gHeuVjAAXYjo0TJcmvRyPQDz1gzCzIz4seAfLetAQTA/viewform?fbclid=IwAR2k2ybSYrCB_tMAsSYKhDlG4sr6-w42WZs7uj87ESt2nq0p9IxNKiWSlxk