ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެލެކްސް އެކައުންޓު ބޭނުން ކުރަނީ އަޅުގަނޑު: ރައީސް ނަޝީދު
މަރިޔަމް އަނާ
13 އޮކްޓޫބަރ 2021 - 18:45
0
comments
ރައީސް ނަޝީދު
Tweet
Telegram
ޓުވިޓާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް އަޑުފެތުރިފައި އޮންނަ " އެލެކްސް އަހުމަދު" ގެ އެކައުންޓަކީ އަމިއްލަފުޅު އެކައުންޓެއް ކަަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު އިއުތިރާފުވެ ވަޑައިގެންފި އެވެ.
"އަނެއްދިވެހިރާއްޖެ" އެކައުންޓަކީ ނަޝީދުގެ ޓުވީޓެއް ކަމަށް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. ޓުވިޓާ ހޭންޑުލްއެއްގެ ގޮތުގައި "އަނެއްދިވެހިރާއްޖެ" ޖަހާފައިވިޔަސް، މި ފަހަކާ ޖެހެންދެން ރަސްމީ ގޮތެއްގައި ބޭނުން ކުރަނީ "އެލެކްސް އަހުމަދު" މި ނަމެވެ. އެކަމަކު، މިހާރު އެ އެކައުންޓްގައި ޖަހާފައި ވަނީ "އެމްއެން އަންއޮފިޝަލް" މިހެންނެވެ. ބެލެވޭ ގޮތުގައި އެމްއެން އަކީ މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެ އެކައުންޓަކީ އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓު ކަމަށާއި އެ އެކައުންޓުގައި ދައްކާފައި ހުންނަ ވާހަކަތައް ހަބަރުތަކަށް އެރުމަކީ އެހާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
"އެއީ އަޅުގަނޑަކަށް ނުފެނޭ ރަސްމީ ގޮތެއްގައި އަޅުގަނޑު ބުނާ އެއްޗެހީގެ ގޮތުގަ ތިބޭފުޅުން ބޭނުން ކުރައްވާކަށް. އެ އެކައުންޓުގަ ތިބޭފުޅުން ބައްލައިވައިލައްވައިފިއްޔާ ހާއްސަ ގޮތެއްގައި އަމާޒުވެފައި ހުންނާނީ ތާރީހީ ކަންކަމަށް. އަދި ސަގާފީ ކަންކަމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މައިގަނޑުކޮށް އެ ވާހަކަތައް ދައްކަވާނަމަ ވެސް ބައެއް ސިޔާސީ ވާހަކަތައް ވެސް އެ އައިޑީން ދައްކަވާ ކަމަށެވެ.
މީގެ އިތުރުން މިހާރު "އަނެއްދިވެހިރާއްޖެ' ފަދަ އިތުރު އެކައުންޓެއް ވެސް ބަޔަކު މީހުން ހަދައިގެން އުޅޭ ކަން ނަޝީދު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ އެއީ އެ މަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށެވެ.
"އެލެކްސް އަހުމަދު"ގެ ނަމުގައި ހިންގަމުން އައި އެކައުންޓުގެ ނަން މި ފަހުން ވަނީ "އެމް.އެން އަންއޮފިޝަލް"އަށް ބަދަލުކޮށްފައެވެ.
އެލެކްސް ނަޝީދުގެ ނަމުގައި ހިންގި އެކައުންޓަކީ ރައީސް ނަޝީދުގެ އެކައުންޓެއް ކަމަށް މީގެ ކުރިން ބައެއް މީހުން ބުނަމުން އައި ނަމަވެސް މިއީ ރައީސް ނަޝީދު އެކަން ކަށަވަރުކޮށްދެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދުގެ "އަނެއްދިވެހިރާއްޖެ" އެކައުންޓުގައި ފްލޯވަރުންގެ އަދަދު 27،000 އަށް އަރައެވެ. އަދި ނަޝީދުގެ ރަސްމީ އެކައުންޓްގެ ފްލޯވަރުންގެ އަދަދު 248،000 އަށް އަރައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ވާހަކައިގެ ގޮތުގައި "އަނެއްދިވެހިރާއްޖެ" އިން ކުރާ ޓުވީޓުތައް ނޫސްތަކުން ރިޕޯޓު ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޓުވިޓާ އެކައުންޓުން ޓުވީޓެއް ކުރާ އިރަށް "ބްރޭކިން ނިއުސް" ގެ ގޮތުގައި ހަބަރު ގެނެސް ދިނުމަކީ ނޫސްވެރިކަމަށް އޮތް ރަނގަޅު މަގެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނޫސްވެރިކަމުގެ ދާއިރާގައި ދިވެހި ރާއްޖެއަށް ހިދުމަތް ކުރައްވަމުން މިހާރުވެސް ގެންދަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
23 ދުވަސް ކުރިން
0
ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ނަޝީދު މާލެ ވަޑައިގަންނަވަނީ
1 މަސް ކުރިން
0
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
1 މަސް ކުރިން
0
ނަޝީދު އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
3 ގަޑިއިރު ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
4 ގަޑިއިރު ކުރިން
0
14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!
4 ގަޑިއިރު ކުރިން
0
ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ތަރައްގީ ކުރަނީ
4 ގަޑިއިރު ކުރިން
0