މަރިޔަމް އަނާ
09 ޑިސެމްބަރ 2021 - 18:39
0 comments
އެމްޕީއެލުން ފޯރުކޮށްދޭ މެރިން އަދި ޕައިލެޓޭޖްގެ ހިދުމަތްތަކުން ނަގަމުންދާ ޕައިލަޓޭޖް ފީތަކަށް ގިނަ ދުވަސްތަކަކަށް ފަހު ބަދަލުގެނެސްފިއެވެ.
އެމްޕީއެލްއިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ހިދުމަތްތަކަށް ނަގަމުންދާ ޕައިލަޓޭޖް ފީތަކަށް ގިނަ ދުވަސްތަކަކަށް ފަހު ބަދަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.އެ ބަދަލުތަކާ ގުޅިގެން، މެރިޓައިމް އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކެއްގެ ހިޔާލު އެ ކުންފުންޏަށް ލިބުމާއެކު، ޕައިލެޓޭޖް ޓެރިފްތައް އަލުން ރިވިއުކުރަން ނިންމި އެވެ.އަދި ޕައިލެޓޭޖް ފީތައް ރިވިއުކުރުމުގެ މަރުހަލާގައި އެ ކުންފުނިން ވާނީ މެރިޓައިމް އިންޑަސްޓްރީގެ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އަދި ރައްޔިތުންގެ މަޖިލީހާއެކު ބޭއްވި މަޝްވަރާތަކުން ލިބުނު ހިޔާލުތަކާއި ލަފާތަކަށް، ރިޔާއަތްކޮށްފަ އެވެ.މިހާރު ގެނައި ބަދަލާއެކު، މި ކުންފުނީގެ ޕައިލަޓޭޖް ފީތައް، ސަރަހައްދީ ގައުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާ އަޅާކިޔޭ، ވާދަވެރި އަގުތަކެއް ކަމުގައިވާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.އެމްޕީއެލްއިން މިއަދު ބުނީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕެސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް މިހާރު އެވަރެޖުކޮށް 50 ޕަސެންޓު ކުޑަކޮށްފައި ވާނެ ކަމަށެވެ. އަދި ވެރީ ލާޖް ކްރޫޑް ކެރިއާ (ވީއެލްސީސީ)ތަކަށް ނަގާ ޕައިލެޓޭޖް ފީ ވެސް 20 ޕަސެންޓާ ހަމައަށް ކުޑަކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.މީގެ އިތުރުން ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް ބަދަލު ގެނެސްފައިވާކަން އެމްޕީއެލްއިން ފާހަގަކުރިއެވެ. އެގޮތުން ޓަގު ކުއްޔަށް ދޭ އަގުތައްވެސް 30 ޕަސެންޓާއި 50 ޕަސެންޓާ ދޭތެރޭގެ އަދަދަކާ ހަމައަށް ކުޑަވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެމި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 15 އިން ފެށިގެންނެވެ. ޕައިލަޓޭޖް ފީ އަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން ދިޔަ 13 އަހަރުގައި ވެސް މި ފީއަށް ބަދަލެއް ނުގެނެ އެވެ."ކުރިން އެމްޕީއެލްއިން ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދެމުން ދިޔައީ މާލެ އާއި ހުޅުމާލެއާ ދޭތެރޭ އޮންނަ ކަނޑުއޮޅިން. އެހެން ނަމަވެސް ބްރިޖް އެޅުމާ ގުޅިގެން އެތަން ބަންދު ކުރުމާ ގުޅިގެން މިހާރު ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދެމުން ދާ ޕޮއިންޓަކީ ބޮޑު ކަޅި،" އޭނާ ވިދާޅުވި އެވެ.ޝާހިދު ވިދާޅުވީ، މިއީ ވަރަށް ދުރު ކަމަށް ވާތީ ޕައިލަޓޭޖް ހިދުމަތް ދިނުމުގައި ވެސް ހަރަދުތައް އިތުރުވި ކަމަށެވެ. އަގުތަކަށް ބަދަލު ގެނެސްފައިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.އަދި ކުރިއަށް އޮތް ތަނުގައި ވެސް، ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ކަންކަން ނިންމުމުގައި، މެރިޓައިމް އިންޑަސްޓްރީގައި ޝާމިލްވާ ފަރާތްތަކުގެ ހިޔާލުތައް ބަލައިގަންނާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.