
އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެމްއެންޕީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަށް ދިވެހިން ބޭނުން ނުވާތީ އެމްއެންޕީ ވެސް ތިބޭނީ އެ ގޮތުގައި ކަމަށެވެ.ނަމަވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ."މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީ ގަބޫލެއް ނުކުރަން އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ކެމްޕެއިން ކަމަށް. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން،" ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ލައިގެން ބައެއް ފަތުރުވެރިން އުޅޭތީ އެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެގޮތަށް އަމަލުކުރުމަކީ ރާއްޖެެއަށް ދެވޭ ދެރައެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިނގަމުންދާތީ އިންޑިއާ އައުޓް ކެމްޕޭން ނާޒިމް ސިފަކުރެއްވީ ޖަރީމާއެއްގެ ގޮތަށެވެ. އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުންތަކެއް ހުންނާނެތީ ރައްޔިތުން އެކަމަށް "ހޭލުމަށް" ވެސް ނާޒިމް އެދިވަޑައިގެންނެވި އެވެ.