
ހޯމް މިނިސްޓްރީން މިއަދު ބުނީ ތައުޒިޔާ ދަފްތަރު ހުޅުވާލާނީ ނެޝަނަލް އާޓް ގެލަރީގައި ކަމަށެވެ. ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މި ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެއެވެ.ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރާއްޖެއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ނޢޢވ އަލްމަރްޙޫމް ޢުމަރު ޒާހިރު ދާޚިލީ ވަޒީރުކަމުގެ އިތުރުން އަދާކުރެއްވި ސަރުކާރުގެ ބައެއް މުހިންމު މަޤާމުތަކަށް ބަލާއިރު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑުއަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާއާއި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބު ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަގާމު ފުރުއްވާފައި ވެއެވެ.