
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކަށް، ވަޒީފާއާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ އެއްގޮތަށް ފިޔަވަޅު އަޅައި، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާކުރާނެ ކަމަށެވެ.އެ ގާނޫނަށް މިިދިޔަ އަހަރުގެ އޮގަސްޓު 19 ގައި ގެނައި އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދިން ފަރާތުން އިހުމާލުވެއްޖެ ނަމަ އެ ފަރާތެއްގެ މައުލޫމާތު އާއްމުކުރަންޖެހެ އެވެ.މީގެ އިތުރުން ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.