
ސަރުކާރުގެ ވުޒާރާތަކުން ބިދޭސީ ވިޔަފާރި ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާކަމުގެ ޝަކުވާއާއެކު އެ މިނިސްޓްރީން ހިންގާ އިންސްޕެކްޓްތަކުން އެނގޭ އެއް ކަމަކީ މިފަދަ ވިޔަފާރިތަކުގެ "އަސްލު އޯނަރުން" ގެ ގޮތުގައި ހުންނަނީ ދިވެއްސެކެވެ. އެހެންކަމުން ޕްރައިވެޓް ސެކްޓަރުގެ ހިމެނޭ ބިޒްނަސް ކައުންސިލްގެ ލަފާގެ މަތިން މިފަދަ ބިދޭސީ "ވަގު ވިޔަފާރި" ތައް ހިފަން ކުރިން ގެންގުޅުނު އުކުޅުތައް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.މިނިސްޓަރު ވިދާޅުވީ މިފަދަ އޮޕަރޭޝަނަށް ގެންނަ ބަދަލާއެކު މީރާ އާއި ބޭންކާ ގުޅިގެން އެކައުންޓް ދައުރުވާ ގޮތް ބަލަން ވަނީ ނިންމާފަ އެވެ.