ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލެ އިން ވިއްކާ ބިންތައް މާލޭގެ މީހުންނަށް ހާއްސަ ކޮށްފި
އިސާއު އަހުމަދު
01 ޖެނުއަރީ 2022 - 23:27
0
comments
Tweet
Telegram
ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ހިއްކި 240 ހެކްޓަރުގެ ބިމުން ބީލަމުގެ އުސޫލުން ހަމައެކަނި މާލޭގެ މީހުންނަށް ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކުރި އިއުލާންގައި މި ބިންތައް ވިއްކަން ހުޅުވާލީ ދިވެއްސެއް ނަމަ ކޮންމެ މީހަކަށްވެސް ބިން ގަނެވޭ ގޮތަށެވެ.
ހުޅުމާލެ ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއިރު ބުނީ، އެގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ ޒަމާނާއި އެއްގޮތަށް ތަރައްގީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުގެ އިތުރުން އެފަދަ މަޝްރޫއިން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށެވެ.
އެކަމަކު ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވާ ބިންތައް ހަމައެކަނި މާލޭގައި ރަޖިސްޓްރީ އޮތް މީހުންނަށް ގަނެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވާ 60 ބިން ހަމައެކަނި މާލޭ މީހުންނަށް ގަނެވޭ ގޮތަށް އުސޫލު ބަދަލުކުރި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.
އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ. އަދި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ނުވަތަ ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 9 ގަ އެވެ. އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ އެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ.
ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 6.2 މިލިއަން ރުފިޔާ ޖެހެ އެވެ. ބީޗު ސައިޑުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގުވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.
މީގެ ކުރިންވެސް ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހިން ގޯތި ވިއްކާފައި ވެއެވެ. އެންމެ ފަހުން ގޯތި ވިއްކީ 2017 ވަަނަ އަަހަރު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ގަޑިއިރު ކުރިން
0
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
11 ދުވަސް ކުރިން
0
އެޗުޑީސީއިން އައިއޭސީގެ ގާޒާ ފަންޑަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި
12 ދުވަސް ކުރިން
0
ހުޅުމާލޭގައި ދެ މިސްކިތެއް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީއާ ބިން ހަވާލުކޮށްފި
22 ދުވަސް ކުރިން
0
އީދަށް ހުޅުމާލެ ދިއްލާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
11 ގަޑިއިރު ކުރިން
0
ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް
11 ގަޑިއިރު ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
11 ގަޑިއިރު ކުރިން
0
ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި
20 ގަޑިއިރު ކުރިން
0