ޚަބަރު
ވެރިކަމުގައި އެމްޑީޕީ އޮތުމަކީ އެންމެ ރަނގަޅު ގޮތް: ރައީސް ނަޝީދު
ރާއްޖޭގެ ވެރިކަމުގައި ދުވަސްތަކެއް ވަންދެން އެމްޑީޕީ އޮތުމަކީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި އޯޑިއޯ މެސެޖެއްގަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ މައްސަލަތަކާއި، ރައްޔިތުން އެދޭ ކަންކަން ބަޔާން ކުރަމުން އަންނަ ޕާޓީ ކަމަށެވެ.

"އެހެން ޕާޓީތަކަށް މިސާލެއްގެ ގޮތުގައި އޮތް ޕާޓީއެއް، އަޅުގަނޑުމެން ކަންކުރާ ގޮތަށް އެހެން މީހުން އެދަނީ ކަންކުރަމުން. އެހެން ޕާޓީތައް އެދަނީ ކަން ކުރަމުން" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ރާއްޖެ އަށް ވެސް އެންމެ ރަނގަޅު ގޮތްކަން ކޮމަންޑޫގެ އިންތިހާބުގައި ރައްޔިތުން ތަކުރާރުކުރަންޖެހޭ ކަމަށެވެ. އެގޮތުން މިއީ ގޮނޑި އަކަށް ވުރެ ބޮޑު ވާހަކައެއް ކަމަށާއި އެމްޑީޕީގެ އަތުގައި ގިނަ ގޮނޑިތަކެއް މިހާރުވެސް އޮތްއިރު އަދިވެސް ވޯޓުލާން އެންމެ އައުލާކަން ބޮޑި އެމްޑީޕީ އަށްކަން މި އިންތިހާބުގައި ދައްކުވައިދޭންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓުލާއިރު ރާއްޖޭގައި މިހާރު ހުރި ޕާޓީތަކުގެ ފަހަތް ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީއަކީ ބޭރުގެ ފަރާތްތަކާއި އެކަހެރިވެ ރާއްޖެ އަކީ ބިކަތަނެއްގެ ގޮތުގައި އެމްޑީޕީން ދުވަހަކު ވެސް ސިފަނުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެމްޑީޕީން ބޭނުންވެގެން ކުރިމަތިލާންޖެހުނު އިންތިހާބެއް ނޫން ކަމަށެވެ. އެ އިންތިހާބުގައި އަލުން ވާދަކުރަން ޖެހުނީ ހުސައިން އަވަހާރަވުމާ ގުޅިގެން ހުސައިން ކުރެއްވި މަސައްކަތް ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު