ޚަބަރު
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ތިން ކެންޑިޑޭޓުން
އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. 

އެމްޑީޕީން ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ ހަވީރު 6:00 ޖެހުމާ ހަމައަށެވެ. މި މުއްދަތުގައި 3 ބޭފުޅަކު ނަން ހުށަހަޅާފައިވާތީ، ކެންޑިޑޭޓުންގެ ނަންބަރާއެކު ނަންތައް ވަނީ އާންމުކޮށްފަ އެވެ.

ޗެއަރޕާސަންގެ އިންތިޚާބަށް ވާދަކުރުމުގެ ޝަރުތުހަމަވި ކެންޑިޑޭޓުން

ކެންޑިޑޭޓު ނަންބަރ: 1- މުޙައްމަދު ނަޝީދު، ގ.ކެނެރީގެ/މާލެ
ކެންޑިޑޭޓް ނަންބަރ 2- އިބްރާހީމް މުހައްމަދު، ހުދުވިލާގެ/ލ.ފޮނަދޫ
ކެންޑިޑޭޓް ނަންބަރ 3- މީކާއީލު އަހުމަދު ނަސީމް، ގ.ބަރޯސާ/މާލެ


އޭގެ ތެރެއިން ވާދަވެރި ކެމްޕެއިނެއް ކުރިއަށް ދަނީ އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލްއާ ދެމެދުގަ އެވެ. އެމްޑީޕީ ތެރޭ އުފެދިފައިވާ ދެ ފެކްޝަންގެ މި ދެ ކެންޑިޑޭޓުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިިޚާބު ބޭއްވުމަށް ހަމަޖެހިފައިިވަނީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު