ޚަބަރު
ކޮމަންޑޫ ދާއިރާގެ ގޮނޑި ރާޝިދު އަށް، އެމްޑީޕީން އުފާ ފާޅުކުރަނީ
ރާޝިދުގެ ކެމްޕެއިން ޕޯސްޓަރ އެއް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސައިޒް އިދިކޮޅަށް ދައްކާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. 

މިއީ މި ފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ބައި އިލެކްޝަނެވެ. އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.

އެ ދާއިރާގެ ވޯޓުލުމަށް ހަތް ވޯޓުފޮއްޓެއް ބަހައްޓާފައިވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ބޮޑުތަނުން ކުރީގައި އުޅެނީ ވެރިކަން ކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުއެވެ.

ރާޝިދުއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ކުރި ހޯއްދެވުމާ ގުޅިގެން އޭނާގެ އުފަން ރަށް ފޯކައިދޫގައި އަންނަނީ އުފާފާޅުކުރަމުންނެވެ. އަދި ރާޝިދު މިވަގުތު ހުންނެވީ ވެސް ފޯކައިދޫގައި އެވެ. ރާޝިދު ވަނީ މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ 3 ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫން ވެސް ކުރި ހޯއްދަވާފަ އެވެ.

ގޮނޑި ކާމިޔާބު ކުރެއްވި ރާޝިދު އެންމެ ފަހުން ހުންނެވީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކަށެވެ. ފޯކައިދު އަށް އުފަން ރާޝިދަކީ މިދިޔަ ތިން ދައުރުގައި އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫގެ އިތުރަށް، އެ އަތޮޅު ކޮމަންޑޫއާއި މޮރަށީގެ އިޖުތިމާއީ ދާއިރާއާއި، ތަރައްގީގެ ގިނަ ކަންކަމަށް މުހައްމަދު ރާޝިދު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު