ވިޔަފާރި
ބީއެމްއެލް އިން ހިރިލަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި
ތ. އަތޮޅު ހިރިލަންދޫގައި މިއަދު ހުޅުވި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރު
ބޭންކް އޮފް މޯލްޑިވްސް އިން ތ. ހިރިލަންދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިކަމާގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސެލްފް ސަރވިސް ހިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ހިދުމަތް ފޯރުކޮށްދެވޭކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މިއޭޓީއެމްގެ ސަބަބުން ބޭންކިންގ ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

ހިރިލަންދޫއާއެކު އެ އޮތޮޅުގެ ތިން ރަށެއްގައި މިހާރު ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށްފައިވެ އެވެ. އެއީ ގުރައިދޫ، ވޭމަންޑޫ އަދި ތިމަރަފުށްޓެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާ އެކު ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 138 އޭޓީއެމް ހުންނަ އިރު 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
50%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު