ޚަބަރު
މަންމަ އަށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނި ދަރިފުޅު ހައްޔަރުކޮށްފި
މަންމައަށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އިސްމާއިލް 28، ހ. އެހަޑަ ކަމަށެވެ.

ފުލުހުން ބުނީ އެ މުއައްސަސާއަށް ރިޕޯޓު ކުރީ ހިޔާގެ 13 ވަނަ ޓަވަރުން އަންހެނަކު ރޯއަޑު އިވޭ ކަމަށް ބުނެ އިއްޔެގެ އިރުއޮއްސި 6:17 ހާއިރު ކަމަށެވެ.

އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ އެޕާޓުމެންޓަށް ދިޔުމުން ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އަނިޔާ ކުރުމަށްފަހު ފޯނު ފޭރިގަނެގެން އަމިއްލަ ދަރިފުޅު ގޮސްފައިވާ ކަމުގެ މައުލޫމާތު 57 އަހަރުގެ އަންހެނަކު ފުލުހުންނަށް ދިން ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އަނިޔާވި އަންހެން މީހާ އަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު