ޚަބަރު
ފުލުހުންގެ ތަރުޖަމާނު ޝިފާންގެ މަގާމު ބަދަލުކޮށްފި
އަހުމަދު ޝިފާން،
ފުލުހުންގެ ކޮމިޝަނަރުގެ އޮފީހުގެ ވެރިޔާކަމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން، ސާވިސް ޑިރެކްޓްރޭޓްގެ ވެރިޔާ ކަމަށް ބަދަލުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޝިފާންއާ މެދު ސީޕީ ހިތްހަމަނުޖެހުނީ މެސެޖިން ޕްލެޓްފޯމެއްގައި ހަދާފައި އިން ގްރޫޕެއްގައި ކުރި މުއާމަލާތަކާ ގުޅިގެންނެވެ. 

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ފުލުހުންގެ ކޮމިޝަނަރުގެ އޮފީހުގެ ވެރިޔާކަމުން ޝިފާން ބަދަލުކުރީ ސާވިސް ޑިވޮލޮޕްމަންޓް ޑިރެކްޓްރޭޓްގެ ވެރިޔާގެ މަގާމަށް ކަމަށެވެ. އަދި، ކޮމިޝަނަރުގެ އޮފީހުގެ ވެރިޔާގެ މަގާމަށް އައްޔަންކުރީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މޫސާ އަލީއެވެ.

ބަދަލު ގެނައި ސީދާ ސަބަބެއް ނުބުނެ ފުލުހުން ބުނީ، އިދާރީ ބަހާތަކުގެ ހިންގުމަށް އަބަދު ވެސް ބަދަލުތައް ގެންނަ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު ކަމުގެ އިތުރަށް ކޮމިޝަނަރު އޮފީހުގެ ވެރިޔާގެ މަގާމުގައި ހުންނެވި ޝިފާނަކީ ފުލުހުންގެ ހިދުމަތުގެ އެތެރޭގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު