ޚަބަރު
މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޕޮލިހުން ބުނީ ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ސިޓީއަކުން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޕޮލިހުން ނުދެ އެވެ.

ޝަހީމަށް މަރުގެ އިންޒާރު ދީފައިވާއިރު، ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި ދެ އަންހެނުންނާ ދެކޮޅަށް ވައިބާ ގްރޫޕެއްގައި ޝަހީމް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ މެސެޖުތަކެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް މަރުގެ އިންޒާރު ދީފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ޝަހީމަށް މަރުގެ އިންޒާރު މީހަކު ކިންގް އޮފް ކިންގްސްގެ ނަމުގައި ސޯޝަލްމީޑިއާ ޕްލެޓްފޯމް، އެކްސްގައި ހިންގާ އެކައުންޓަކުންނެވެ.

އެ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަފާތެރި އެއްވެސް މީހަކު މަގުމަތިން ފެންނަ ދުވަހަކީ އެމީހެއްގެ އެންމެ ފަހު ދުވަސް ކަމަށެވެ.

"ޝަހީމް ނަ*** .. އެކަނި މެގަޒިން [މަގެއްގެމަތިން] ނުފެންނާތި.. މުއިއްޒުގެ އެއްވެސް ޕަޕެޓެއް އެކަނި މަގަކުން ފެންނަ ދުވަހަކީ އެ މީހެއްގެ ފަހު ދުވަސް." އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު