ޚަބަރު
އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާއެކު ނުފެތުން: ރައީސް ނަޝީދު
އެމްޑީޕީ އަށް ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާއެކީ ޕާޓީ ނުފެތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެެވެ. ނަޝީދުގެ މެސެޖުގައި ވިދާޅުވީ މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ.

މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށެވެ. 

ދާދި ފަހުން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި މަސްވެރިންގެ މައްސަލާގައި ވެސް ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ހައްލުކޮށް ނުދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ އާއެއް ގޮތަށް ސަރުކާރުން އަމަލު ނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެ އެވެ. އަދި އިދިކޮޅު ޕާޓީތަކުން ހުށަހަޅާ ސަރުކާރާ ދެކޮޅު ބައެއް ގަރާރުތަކަށް އެ މެމްބަރުން ތާއީދުކޮށް އެމްޑީޕީން ނެރޭ ވިޕާ ދެކޮޅަށް ވޯޓު ދެ އެވެ. އަދި އެ މައްސަލަތަކަށް ބަހުސް ކުރަން ޖާގަ ދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް ނަޝީދު ނިކުމެވަޑައިގަތް މައްސަލާގައި މިހާތަނަށް ސަރުކާރު ވަކި އެއްޗެއް ނުބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު