ޚަބަރު
އަންހެނުންގެ ކޮމިޓީގެ އިންތިހާބު ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓަށް
ޕީޕީއެމުން އިންތިހާބު ކާމިޔާބު ކުރެއްވި ނާޒިމާ ރައީސް ޔާމީން އާއެކު
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނާޒިމާ، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.  

މި އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވަނީ ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ ޓިކެޓުގައި ނުކުންނެވީ އާމިނަތު ޝީޒާ އެވެ. ދެ ކެންޑިޑޭޓުން ވެސް ވާދަވެރި ކެމްޕެއިނެއް ކޮށްފައިވާއިރު، ޕީޕީއެމާއި އެމްއެންޕީގެ ނުފޫޒު ވެސް ވިލިމާލެ ދާއިރާގައި ބޮޑެވެ. އެ ދާއިރާގެ މަޖިލިސް މެމްބަރަކީ އެމްއެެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުކަން ހުސްވީ މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި އަންހެނުން ކޮމިޓީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދެވި އައިމިނަތު އީމާން ނިޔާވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު