
ޕާޓީ އުވާލުމަށް ޕީޕީއެމްގެ ލީޑަޝިޕުން ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.މި ބައްދަލުވުމުގައި ވާހަކައްދަކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ކޯލީޝަނުން އުފެދުނު މި ސަރުކާރު އުފެދުނު ފަހުން ޕީޕީއެމަށް މެންބަރުން އިތުރުކުރަން އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ. އަދި، ވެރިކަމަށް މިވީ މުއްދަތުގައި 7،416 އަށްވުރެ ގިނަ މެންބަރުން ޕާޓީ ދޫކޮށްލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.