
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ދާއިރާތަކަށް ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިން ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ."އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރު އެކިއެކި މަގާމުތަކަށް އައްޔަނުކުރާނެ. މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު ވެސް އަޅުގަނޑުމެންނަކީ ބޮޑު ޕާޓީއެއް. 30،000 މެންބަރުން އެކުލެވޭ. ހުށަހަޅާ ފޯމުތަކަށް ބަލާއިރު 50،000 މެންބަރުން ހަމަވާ ވަރަށް ފޯމު އެބަހުރި،" ފަލާހް ވިދާޅުވި އެވެ.އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހުގައި ޕީޕީއެމްގެ މެންބަރުން ތިއްބެވި ކޮންމެ ދާއިރާއެއްގައި ވެސް އެ ދާއިރާއެއްގެ ރައީސަކަށް ވާނީ އެ މެންބަރެވެ. އެހެންވެ، ދާއިރާ ރައީސްގެ އިންތިހާބު ބާއްވާނީ ޕީއެންސީގެ މަޖިލިސް މެންބަރެއް ނެތް ދާއިރާތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން 93 ދާއިރާގެ ތެރެއިން ދާއިރާގެ ރައީސުން ހޮވާނީ 18 ދާއިރާއަށެވެ.