ޕީއެންސީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.
މިއަދު އެކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ކަމަށެވެ.
ކޮންގްރެސް ބާއްވާނެ ތާރީހު ކަނޑައެޅީ ޕާޓީގެ ލީޑަޝިފާއި މެމްބަރުންގެ މަޖިލީހާ މަޝްވަރާ ކޮށްފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮންގްރެސްގައި ހޮވާނެ ދާއިރާތަކާއި މަގާމުތައް:
- ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން
- ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި ނައިބު ރައީސުން
- އަންހެނުންގެ ހަރަކާތުގެ ރައީސުން
- ސްޓެއަރިން ކޮމިޓީތައް
އެ ދާއިރާތަކަށް ކުރިމަތިލާން މިއަދު ހުޅުވާލާނެ ކަމަށާއި މި މަހުގެ 30 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 11ގަ އެވެ.އަބްދުއްރަހީމް ވިދާޅުވީ މި މަގާމުތަކަށް ވާދަކުރެވޭނީ މިއަދާ ހަމައަށް ކޮންގްރެސް ޕާޓީގައި ދަފްތަރުވެފައި ތިބި މެމްބަރުންނަށް ކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓުލެވޭނީވެސް މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.