ޚަބަރު
ކޮއްޓެފަރު ރިސޯޓްގެ ބާގައި ރޯވެ އެއްކޮށް އަނދައިފި
ރ. އަތޮޅު ކޮއްޓެފަރު ރިސޯޓުގެ ބާގައި އަލިފާން ރޯވެ އެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.

ރޭ މެންދަމު އެކެއް ޖެހިއިރު ހިނގި ހާދިސާގައި ބާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު ހަތަރެއްވެސް ޖެހި ފަހުންނެވެ. އޭރު ބާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެންގޮސްފައެވެ.

ނައިފަރުގައި ތިބޭ ސިފައިންނަށް ކޮއްޓެފަރަށް ދެވުނީ 2:46 ހާއިރު އެވެ. އޭރު ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ވަނީ އަލިފާންގަނޑުގެ 90 ޕަސަންޓް ނިއްވާލާފަ އެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:00 ޖެހިއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ. 

ބާގައި އަލިފާން ރޯވާން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ. ސިފައިންވެސް އެ މައުލޫމާތެއް ނުދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު