
ކަރަންޓު ބިލަށް ނުދައްކާ އޮތް ޖުމްލަ 6.5 މިލިއަން ރުފިޔާއާއި ގުޅިގެން ސްޓެލްކޯ އިން ވަނީ އާދީއްތަ ދުވަހު އެ އިދާރާއިން ކަރަންޓު ކަނޑާލާފައެވެ. ސްޓެލްކޯއިން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެފްއޭއެމުން ކަރަންޓް ބިލް ދައްކާފައި ނުވާ ކަމަށެވެ.