
ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިޔަސް އެކަމުގައި ފުރަތަމަ ފަހަރަށް ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ވާހަކަ ދެއްކެވީ ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާކަން އިއުލާންކުރެއްވުމަށް ފަހު އެވެ.ސީޕީ ވިދާޅުވިގޮތުގައި ނަމަ ރަޝީދު ހައްޔަރުކުރީ "މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ" ތުހުމަތަށެވެ.ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ހަމީދު މިއަދު ލިޔުއްވީ އެ މައްސަލައިގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހިންގާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ."މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް. ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ،" ހަމީދު ވިދާޅުވެފައިވެ އެވެ.