ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނޮވެމްބަރު ތިނަކާ ގުޅޭ ގޮތުން ރަނގަޅު ދިރާސާއެއް ހަދަން މައުމޫން ގޮވާލައްވައިފި
އަލީ ރާޒީ
11 ނޮވެމްބަރ 2022 - 11:51
0
comments
Tweet
Telegram
ނޮވެމްބަރު ތިނަކާ ގުޅޭ ގޮތުން ރަނގަޅު ދިރާސާއެއް ހަދަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
މައުމޫން އެފަދައިން ގޮވާލެއްވީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެެވެ.
އެގޮތުން ނޮވެމްބަރު ތިނެއްގެ އުދުވާނާ ގުޅޭ ގޮތުން އިލްމީ ދިރާސާއެއް ހަދައި އެ ދިރާސާ ތައުލީމީ މުގައްރަރުގެ ތެރޭގައި ހިމެނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ނޮވެންބަރު 3 ގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުލޫއީ ދިރާސާއެއް ހަދައި ކިޔަވާ ކުދިންގެ މުގައްރަރުތަކުގައި ހިމެނުމަށް އަޅުގަނޑު ގޮވާލަން" މައުމޫންގެ ޓުވީޓުގައި ވެއެވެ.
ނޮވެމްބަރު 3، 1988 ގައި މާލެ އަށް ބަޔަކު އަރައިދިން ޓެރަރިސްޓް ހަމަލާ އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގި ހާދިސާއެކެވެ.
އެ ދުވަހުގެ ކަންކަން ހިނގިގޮތް އެމަނިކުފާނުގެ ދައުރުގައި ފޮތްތަކުގައި ލިޔުއްވާ ނެރުއްވާފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން ދަނީ އެ ދުވަހުގެ ހާދިސާގެ ވާހަކަތައް އެކިގޮތަށް ދައްކަމުންނެވެ.
ދިވެހި ސިފައިންނާއި އާންމުން ނޮވެމްބަރު 3 ގައި ދެއްކި ހިތްވަރާ އެކީ ހާއިނުންގެ ހަމަލާ ވަނީ ނާކާމިޔާބުކޮށްފަ އެވެ. އެ ހާދިސާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ 11 މީހަކު ހިމެނެ އެވެ.
ދިވެހިންގެ ބަޔަކު އިސްކޮށް ތިބެގެން ވެރިކަމުގައި ދަހިވެތިކަމުގައި ހިންގި ބޮޑު ޖަރީމާގެ އެންމެ އިސްކޮށް ހުރި އެކަކީ ހާޖަރާގެ މުހައްމަދު ލުތުފީ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި މިފަދަ އެންމެ ނުރައްކާތެރު ހާދިސާ، ބިރުވެރި ހާދިސާ އެވެ.
އެ ހާދިސާ އަށް މި އަހަރު 34 އަހަރު ފުރުނު ނަމަވެސް ދިވެހިންގެ ހިތްތަކުގައި ނޮވެމްބަރު 3 ގެ ހަނދާންތައް ބިންވަޅު ނެގިފައިވެ އެވެ.
މިހަމަލާގެ މޭސްތިރިޔާ ކަމަށް ބުނާ އަބްދުﷲ ލުތުފީ މިވަގުތު ވެސް ހުރީ ޖަލުގަ އެެވެ. އެކަމަށް ދެވަނައަށް އެންމެ އިސް ދައުރެއް އަދާކުރި ސަގަރު ނާސިރާއި މިހަމަލާ ރޭވުމާއި ހަމަލާދިނުމުގައި ބައިވެރިވި އެންމެން މިހާރު ވަނީ މިނިވަންވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް އިނާޔަތެއް ދެނީ
6 މަސް ކުރިން
0
މިނިވަންކަން ދިފާއުކުރަން ސިފައިން ތިބީ ގުރުބާން ވާން ތައްޔާރަށް
6 މަސް ކުރިން
0
ޝަހީދުންގެ އާއިލާތަކަށް އެލަވެންސްދީ، ހައުސިން ޕްރޮގްރާމެއް ފަށަނީ
6 މަސް ކުރިން
0
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
7 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
7 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
8 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
11 ގަޑިއިރު ކުރިން
0