ޚަބަރު
ރައްޔިތުން ފެލުމުގެ ބަދަލުގައި ހަރަދު ކުޑަކުރަން އެދިއްޖެ
ޑރ. މުނައްވަރު
ރައްޔިތުން ފެލުމުގެ ބަދަލުގައި ހަރަދު ކުޑަކުރަން ކުރީގެ ބަންޑާރަ ނައިބް ޑރ.މުހައްމަދު މުނައްވަރު ސަރުކާރަށް ގޮވާލައިފި އެވެ.

މުނައްވަރު މިހެން ވިދާޅުވެފައިމިވަނީ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ 55 މެންބަރުން ވޯޓުން ފާސްކުރުމާ ގުޅިގެންނެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ. 

ރައްޔިތުންގެ މަޖިލީހުން ޓެކްސް ރޭޓް ބޮޑުކުރުމަށް ނިންމިއިރު، އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ.

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ 14 މެންބަރަކު އެ ބިލު ފާސްކުރުމާ ދެކޮޅެވެ.

އެމްއެމްއޭގެ ގަވަރުނަރު ވެސް ވަނީ މީހުނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ޓެކްސް ބޮޑު ނުކުރުމަށް ލަފާ ދެއްވައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން މުނައްވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އިތުރަށް ފެލުމުގެ ބަދަލުގައި ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި ހަރަދު ކުޑަކުރަން ގޮވާލާ ކަމަށެވެ.




ކިޔުންތެރިންގެ ޝުއޫރު
40%
20%
40%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު