ޚަބަރު
3 ނޮވެމްބަރުގެ މޭސްތިރި ސިއްކަ ރާއްޖެ އަތުވެއްޖެ
ސިއްކަ އަހުމަދު އިސްމާއިލް މަނިކު އާއިލާގެ ބައެއް މީހުންނާއެކު އިއްޔެ ފޮޓޯއެއް ނަގަނީ.
އަވައްޓެރި ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން 18 އަހަރު ހުންނެވުމަށްފަހު ސިއްކަ އަހުމަދު އިސްމާއިލް މަނިކު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ސިއްކަ އިސްމާޢީލަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕައެވެ.

އެނގިފައިވާ ގޮތުގައި ބޮޑު ސިއްކަ ރާއްޖެ އައީ އަންހެނުންގެ ސިއްހީ ހާލު މިހާރު ހުރި ގޮތުން އާއިލާގެ މީހުންނާއި ބައްދަލުނުވެ، ގިނަ ދުވަސްތަކެއް ވުމުން އެ މީހުންނާއި ބައްދަލު ކުރާށެވެ.

މިހާރު ވެސް ރާއްޖޭގައި ވިޔަފާރި ކުރައްވާ ބޮޑު ސިއްކަގެ މައްޗަށް ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ މައްސަލާގައި 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެ އެވެ. އެއީ އެ ހަމަލާގެ ކަންކަން އެނގިހުރެ ސަރުކާރަށް ނޭންގެވި ކަމުގެ ތުހުމަތުގަ އެވެ.

ސިއްކަގެ މައްޗަށް ނޮވެމްބަރ-3 ގެ މައްސަލައިގައި ހުކުމް އިއްވި ނަމަވެސް އެ ހުކުމަށް ތިން އަހަރު ވެސް ނުވަނީސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިއްކަ އަށް މާފުދީ ދޫކޮށްލިއެވެ.

އުދުވާނީ ހަމަލައިގައި ބައިވެރިވިކަން ސިއްކަ އަހުމަދު އިސްމާއިލް އެކަމަށް އަބަދުވެސް އިއުތިރާޒް ކުރައްވަ އެވެ. މި އަހަރުގެ ނޮވެމްބަރު 3، ވަނަ ދުވަހާ ގުޅިގެން ނަޝީދު ވަނީ ބޮޑުބޭބޭފުޅު ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ. އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތްމައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
49%
24%
12%
14%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު