
ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޒްނާއާ ސާޖިދާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދެބޭފުޅުންވެސް ވަނީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑައިގެންފައެވެ. އަދި ދެ ބޭފުޅުންވެސް ފިރިކަލުންނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.